ads
ސޮހާ އަލީ ހާން
ދިވެހި ރަށެއްގެ ގޮނޑު ދޮށުގައި، ކަޅުފޮއެ ރެއެއްގައި ސޯހާ މޮޔަވެއްޖެ
ކަޅުފޮއެ ރެއެއްގައި ރާއްޖޭގައި ތަރިތަކުގެ ދަށުގައި ފިރިމީހާ ކުނަލް ކެއްމޫއާއެކު ޑިނާ ކެއުމަށްފަހު ސޯހާ އަލީ ހާން "މޮޔަ" ވެއްޖެކަމަށް އޭނާ ސޯޝަލް މީޑިއާގައި ހާމަކޮށްފިއެވެ.
Advertisement

އޭނާ "މޮޔަވި" ކަމަށް ބުނީ ދިވެހިރާއްޖޭގައި ކަޅުފޮއެ ރެއެއްގައި ތަރިތަކުގެ ދަށުގައި އޭނާއަށް ކުރެވުނު އިހުސާސްތަކުގެ ސަބަބުންނެވެ. 

ބޮލީވުޑްގެ މަޝްހޫރު ތަރި ސޯހާ އަލީ ހާން މިވަގުތު ދަރިފުޅު އިނާޔާ ނައުމީ ކެއްމޫއާއެކު ފިރިމީހާ ކުނަލް ކެއްމޫއާއެކު ރާއްޖޭގައި އަންނަނީ ޗުއްޓީއެއް ހޭދަކުރަމުންނެވެ.

your imageސޮހާ އަލީ ހާން ފިރިމީހާއާއެކު ޑިނާގައި

އިންސްޓަގްރާމްގައި ޝެއާކުރި ފޮޓޯތަކުގައި ސޯހާ އަލީ ހާން ހުރީ ކެޖުއަލް ޝާޓެއް އަދި ޑެނިމް ޝޯޓެއްގައެވެ. އަދި ފިރިމީހާ ކުނަލް ކެއްމޫ ހުރީ ކެޝުއަލް ޓީޝާޓެއް އަދި ޝޯޓެއްގައެވެ. މި ޗުއްޓީގައި އޭނާ ގޮނޑުދޮށުގައި ޕާޓްނަރާއެކު ރޮމެންޓިކް ޑިނަރެއް ކައިފިއެވެ. 

ތަރިތަކުގެ ދަށުގައި ޑިނާ ކެއުމުން ކުރެވުނު އިހުސާސްތަކުގެ ސަބަބުން "މޮޔަވެގެން" ދިޔަކަމަށް ސޯހާ ބުނެފައިވެއެވެ. 

މީގެ އިތުރުން، މޭ 25 ވަނަ ދުވަހު އެ ރިސޯޓުގައި ފިރިމީހާގެ އުފަންދު ވަސް ފާހަގަކުރިއެވެ. ސޯހާ އަލީ ހާން ޗުއްޓީގައި ހޭދަކުރަމުންދާ ރިސޯޓުގެ މޫދުގެ މަންޒަރުތަކާއި ރަށުގެ ރީތި މަންޒަރުތަކުގެ އެތައް ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވެއެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް