
އެޗްޑީސީން ބުނީ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ތެރެއިން އެއް ޔުނިޓަކުން ނުދައްކާ އޮތް ބޮޑު އަދަދަކީ 1،115،769.73 ރުފިޔާ ކަމަށެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ ފްލެޓްތަކުގެ ތެރޭގައި ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކަކާއި، ފޭސް ދޭއްގެ ހިޔާ ޓަވަރުގެ ހައުސިން ޔުނިޓުތައް ހިމެނެއެވެ. މި ހުރިހާ ޔުނިޓްތަކުގެ ޖުމްލަ އަދަދަކީ 8،511 ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ސަރުކާރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓްތަކެއްގެ ކުލި ކުޑަކޮށްފައިވާއިރު، ހުޅުމާލެ ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކުވެސް 20 ޕަސަންޓު ޑިސްކައުންޓެއް ލިބިގެންދެއެވެ.
ހައުސިން ޔުނިޓާ ހަވާލުވުމަށްފަހު ގަވައިދުން ކުލި ނުދެއްކުމުގެ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. ކުލި ނުދައްކާ ފަރާތްތަކުގެ ސަބަބުން އެޗްޑީސީއަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި، މިފަދަ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅު އަޅަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.