
އާޒިމް ސޯޝަލް މީޑިއާގައި މިރޭ ވިދާޅުވީ އެ ކަން ކުރުމަށް ނިންމެވީ ކެންސަރު ސޮސައިޓީގެ އެދުމުގެ މަތީން ކަމަށެވެ.
އާޒިމް ވިދާޅުވީ އޭނާއަށް އަބަދު ވެސް އެންމެ މުހިންމީ ރައްޔިތުންގެ އުފާވެރިކަމާއި ސިއްހީ ދުޅަހެޔޮކަމާއި ހަމަޖެހުމާއި ފުދުންތެރިކަން ކަމަށެވެ. މި ރޮނގުން، ރައްޔިތުންނަށް މަންފާ ކުރާނެ ކޮންމެ ކަމަކީ ވެސް، އޭނާ އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ވިދާޅުވި އެވެ. އަދި މަސައްކަތުގެ އެޖެންޑާގެ އެންމެ ކުރީގައި ވެސް ހިމެނޭނީ އެ ފަދަ ކަންކަން ކަމަށް ވިދާޅުވި އެވެ.
ރަސްމީ އަދި އާއްމު ގިނަ ހަފުލާތަކުގައި ވެސް، ކެއުމަށް ފަހު ދުފުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެކަމަކު ދުފުމަކީ އަނގަ އާއި ގޮހޮރުގެ ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް ޑޮކްޓަރުން އިންޒާރު ދެ އެވެ.
ރަސްމީ ބޮޑެތި ހަފުލާތަކާއި އާންމު ހަފުލާތަކުގައި ވެސް ދުފާ ތަކެތި ތައްޔާރުކޮށްފައި ބެހެއްޓުމަކީ ރާއްޖޭގައި ފެށުނީއްސުރެ އާންމު ކަމެކެވެ.