ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިއަދު ފުރި ބައެއް ހައްޖުވެރިން
ހައްޖުވެރިންގެ ތިންވަނަ ގްރޫފް ގޮވައިގެން މޯލްޑިވިއަން ނައްޓާލައިފި
މިއަހަރު ރާއްޖދެއިން ހައްޖަށް ދާ ދިވެހިންގެ ތިންވަނަ ގްރޫފް މިއަދު ހެނދުނު ފުރައިފިއެެވެ.
Advertisement

މިއަދު ހެނދުނު ފުރީ 250 ހައްޖުވެރިންނެވެ. ހެނދުނު 7:12 ގައި ފުރި މި ހައްޖުވެރިންނަށް ޖިއްދާއަށް ދެވޭނެކަމަށް ލަފާކުރެވެނީ ރާއްޖޭ ގަޑިން މެންދުރު 12:55 ގައި ކަމަށެވެ. އެއީ މައްކާ ގަޑިން ހެނދުނު 10:55 ގައެވެ. 

ދިވެހިން ހައްޖުވެރިންގެ ތިންވަނަ ގްރޫޕް ފުރީ ގައުމީ އެއާލައިން މޯލްޑިވިއަން ގައެވެ. މިއީ މޯލްޑިވިއަނުން މި ފަހަރު ހައްޖާޖީން ގޮވައިގެން ދަތުރުކުރާ ދެވަނަ ފްލައިޓެވެ.

your imageމިއަދު ފުރި ހައްޖުވެރިން އެއާޕޯޓްގައި ނަމާދުކުރަނީ 

މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރަން ފެށީ މިދިޔަ ހޯމަދުވަހުއެވެ. ދިވެހި ހައްޖުވެރިންގެ ފަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ 1000 ހައްޖުވެރިންގެ ތެރެއިން 499 ހައްޖުވެރިން މިހހާރު ތިބީ މައްކާގައެވެ. މި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ހައްޖުމިޝަނުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް