
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޝަރުތު ހަމަނުވާކަން ސާބިތުކުރެވޭ ފަރާތްތައް ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.
މިގޮތަށް ޕޮޒިޝަން ނެގުމުގެ އެއް ސަބަބަކީ ދޮޅު އަހަރުވެފައިވާ ފްލެޓްތައް ހުސްކޮށް ބޭއްވުމުން ދައުލަތަށް މަހަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުން ވަމުންދާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ފްލެޓްތަކަށް ނެގި ލޯނުތައް މިހާރު ދައްކަން ފަށާފައިވާއިރު، ފްލެޓްތަކަށް މީހުން ވެއްދުން ލަސްވުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބިފައިވާ މީހަކީ ކަނޑައެޅިގެން މާލޭގައި ނޫޅޭ މީހެއްކަން ސާބިތުކޮށް ޝަކުވާ ހުށަހަޅައިފިނަމަ، އެ ލިޔުންތަކަށް ބަލައި އެކަން ސާބިތުވެއްޖެނަމަ ފްލެޓް ލިސްޓުން އެމީހަކު އުނިވާކަމަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.