ads
ރައީސް މުއިއްޒު
މި އަަހަރާއި އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ: ރައީސް
މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ، ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލެ އާއި ރަށްރަށުގެ ސިއްހީ ދާއިރާ އޮތީ ވަރަށް ދަށުގައި ކަމުން  އެ ހާލަތު ރަނގަޅުކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތުގެ ފެންވަރާއި، އުމްރާނީ އަދި އިންސާނީ ވަސީލަތުގެ ގޮތުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރިކަން ފާހަގަކުރެއްވިއެވެ.  

އެގޮތުން، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުމުގެ މަސައްކަތް މަޑުޖެހިފައި ވަނިކޮށް، އެއީ ޤައުމީ މައްސަލައެއް ކަމުގައި ދެކެވަޑައިގެން ޤައުމީ ދިފާއީ ބާރާ އެކަން ހަވާލުކުރައްވައިގެން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، މިމަހު 25 ވަނަ ދުވަހު، އެތަނުގެ ހިދުމަތްތައް ރަސްމީކޮށް ފެއްޓިކަން ރައީސް ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން ހުޅުމާލެއަކީ އެތަނުގެ ތިން ފިޔަވަހި އެއްކޮށް ބަލައިލާއިރު، ތިންލައްކައެއްހާ މީހުންގެ އާބާދީއަށް ޕްލޭންކުރެވޭ ތަނެއްކަމަށާއި، އޭގެތެރެއިން ލައްކައަކަށްވުރެ ގިނަ މީހުން، ނުވަތަ ދޮޅުލައްކައަކާ ގާތްކުރާ އަދަދަކަށް، މިހާރުވެސް މީހުން އުޅެން ފަށާފައި، ނޫނީ ދިރިއުޅެން ފެށުމުގެ މަރުޙަލާގައި އޮތް ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ހުޅުމާލޭގެ ސިއްހީ ހިދުމަތް ވަރުގަދަކުރުމުގެ ކަންތައް އަދިވެސް އޮތީ ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންދާ އިމަޖެންސީ ހިދުމަތްތަކުގެ ފެންވަރު، ޒަމާނާ އެންމެ އެކަށީގެންވާ ގޮތަށް ބަދަލުކުރެވި، ހިދުމަތްތައް، މިމަހުގެ 26 ވަނަ ދުވަހު ދެއްޓެވިކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް އެތަނުގައި ވަނީ ގާއިމުކޮށްފައެވެ. 

އަދި އަންނަ ޖުލައި މަސް ނިމެންވާއިރަށް ހުޅުމާލެ ހޮސްޕިޓަލްގައި ޑައިލިސިސް ހިދުމަތް ވެސް ފުޅާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލަށް 24 އެނދު އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިއތުރުން އައިޖީއެމްއެޗްގައި މިމަހުގެ 27 ވަނަ ދުވަހު މަލްޓި-ސްޕެޝަލިޓީ ސަޖިކަލް ވިންގް ހުޅުވިކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެ ތަނަވަސްކަން ވަނީ ކަށަވަރުކޮށްދީފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް