ads
މެންބަރު ޒަމީރު
ގޯތި ދޫކޮށްލުން ޝަރުތުކުރުން އެމްޕީ ޒަމީރަކަށް އެއްބަހެއް ނުވެވުނު
ފްލެޓު ލިބޭނީ ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށް، ހައުސިން މިނިސްޓްރީން ފްލެޓު އުސޫލަށް އިތުރުކުރި ޕޮއިންޓަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ދެކޮޅު ހައްދަވައިފިއެވެ.
Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރުވަނީ ކުރިން އޮތް އުސޫލަށް ބަދަލު ގެނެސްފައެވެ. އުސޫލަށް ގެނެވުނު ބަދަލުގެ ތެރޭގައި، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމުގައި ހިމަނާފައިވެއެވެ.

އެކަމާ ގުޅިގެން މެންބަރު ޒަމީރު ވިދާޅުވީ، އެ ޕޮއިންޓަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލިއިރު ނެތް އުސޫލެއް ކަމަށް ވެފައި، އަދި ޝަރުއީ މަރުހަލާއަކަށް ގޮސްފި ނަމަވެސް ސަރުކާރާ ދެކޮޅަށް ނިމުމުގެ ފުރުސަތު ބޮޑު ކަމަކަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މާފާއެކު މިނިސްޓަރ އަށްދަންނަވަން (ށ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލިއިރު ނެތް އުސޫލެއް ކަމަށް ވެފައި، އަދި ޝަރުޢީ މަރުހަލާއަކަށް ގޮސްފި ނަމަވެސް ސަރުކާރާ ދެކޮޅަށް ނިމުމުގެ ފުރުސަތު ބޮޑު ކަމަކަށް ދެކޭތީ، އަދި މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް މި ނިންމުމުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނޭކަން ފާހަގަކުރެވޭތީއާއި އަދި މިކަމުގެ ޝަކުވާތައް ލިބެމުން ދާތީ މިކަން ވަކިން ހާއްސަކޮށް ފާހަގަކުރަން.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އާ އުސޫލެއް އިއުލާންކޮށްފާއިރު، އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އިއުލާންކުރި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވާ ސިޔާސަތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށް އެ މިނިސްޓްރީން ކުރި އިއުލާމުގައި ބުނެފައިވެއެވެ.

މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއުލާންކުރި ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. ނަމަވެސް އެލިސްޓުގައި ޝަރުތު ހަމަނުވާ ފަރާތްތައް ހިމެނޭނަމަ އެފަރާތްތައް ލިސްޓުން އުނިކުރެވޭނެއެވެ. އެގޮތުން 26 ޖޫން 2022 ގެ ތާރީހުން 15 އަހަރު ކުރީގެ ތާރީހެއްގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން، މާލެ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން ސަރުކާރުގެ ލިޔެކިޔުންތަކުން ސާބިތުނުވާނަމަ، އެފަރާތްތައް ބަލާނީ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް