ފުލުހުން މައުލޫމާތު ދިން ގޮތުގައި މިރޭ 8:20 ހާއިރު ހުޅުމާލޭގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވެއެވެ.
މި މާރާމާރީގައި ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކުގެ ނޭފަތް ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނިއެވެ. އަނެއް މީހާއަށް އެއްވެސް އަނިޔާއެއް ވެފައިނުވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދިނެވެ.
މި މާރާމާރީ ހިންގުމަށްފަހު އެ މީހުންގެ ހަރަކާތްތައް ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ޓިޝޫއަކުން ނޭފަތް ކައިރި ސާފުކުރާ މަންޒަރެވެ. އަދި ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުރި މަންޒަރާއި، އޭނާ ކައިރީގައި ފުލުހެއް ހުރި މަންޒަރުވެސް ވީޑިއޯގައި ފެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;