ads
އެމްއެންޔޫގެ ދަރިވަރު މޫސާ މާހީ މުހައްމަދު އެވޯޑާއި އެކު
ކޮމަންވެލްތުގެ ޝަރަފުވެރި އެވޯޑެއް އެމްއެންޔޫގެ ދަރިވަރަކަށް
2025 ކޮމަންވެލްތު ކެމިސްޓްރީ ކޮންގްރެސްގައި ރޯޔަލް ސޮސައިޓީ އޮފް ކެމިސްޓްރީން ނެރޭ ޖާނަލް، އާރުއެސްސީ އެޑްވާންސްގެ ޕޯސްޓަރު ޕްރައިޒް ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ. އެމްއެންޔޫގެ ދަރިވަރު މޫސާ މާހީ މުހައްމަދު އެވޯޑާއި އެކު
Advertisement

މި އެވޯޑް ލިބުނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ (އެފްއީއެސްޓީ)ގެ ދަރިވަރު މޫސާ މާހީ މުހައްމަދަށެވެ.

މާހީ މުހައްމަދަށް ލިބުނު އެވޯޑަކީ ކެމިސްޓްރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ދިރާސާއަކާއި ސައިންޓިފިކް ކޮމިއުނިކޭޝަނަށް ދެވޭ ހާއްސަ އެވޯޑެކެވެ.

އެމްއެންޔޫން ބުނީ މާހީ އަށް ލިބުނު އެވޯޑުން ދައްކުވައިދެނީ އޭނާގެ ސައިންޓިފިކް ދިރާސާތަކާއި އީޖާދީ މަސައްކަތްތަކުގެ ފެންވަރު މަތިކަންކަމަށެވެ. އަދި މި އެވޯޑް ލިބުނުން ފަހުރުވެރިވާކަންވެސް ގައުމީ ޔުނިވާސިޓީން ވަނީ ހާމަކޮށްފައެވެ. 

މި އެވޯޑް ދީފައިވަނި ތިންވަނަ ކޮމަންވެލްތު ކެމިސްޓްރީ ކޮންގްރެސްގައެވެ. އަހަރަކު އެއް ފަހަރު ބާއްވާ މި ކޮންގްރެސްއަކީ ދުނިޔޭގެ ކެމިސްޓްރީގެ ދާއިރާގައި އަލަށް ފާހަގަކުރެވޭ އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ފަހުގެ ދިރާސާތައް ހިއްސާކޮށް އެކުގައި މަސައްކަތްކުރުމަށް މަގު ފަހިކޮށްދޭ ބައްދަލުވުމެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް