
ގްލްފާމްގެ / ލ.އިސްދޫ، ނާހިދު ޔޫސުފް (40އ)
ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ
އަހުމަދު ހަސަން
01 ޖޫން 2025 - 10:42:59
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި އަމުރާ ގުޅިގެން ހޯދަމުންދަނީ ގްލްފާމްގެ / ލ.އިސްދޫ، ނާހިދު ޔޫސުފް (40އ) އެވެ.
ނާހިދު ޔޫސުފް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ބުދަ ދުވަހު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ނާހިދު ޔޫސުފްއަކީ ވައްކަމުގެ މައްސަލައެއްގައި ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.
ނާހިދު ޔޫސުފް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް