މުހައްމަދު ޝަރީފް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓްގައި ލިޔެފައިވާ ގޮތުން ބިދޭސީ މީހާ ގެއްލިގެން އުޅެނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުން ފެށިގެނެވެ.
އޭނާ ލިޔެފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ރުހުލް އަމީން،31، ބަންގްލަދޭޝް އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައި އެވެ.
މި ބިދޭސީ މީހާގެ އެއްވެސް މައުލޫމާތެއް އޮތް ނަމަ 7478833 އަށް ގުޅުމަށް ޝަރީފް އެދިފައިވެ އެވެ.
މި މައްސަލާގައި އެޗްޕީއޭ އިން ބުނީ ބަލި މީހުންގެ ޒާތީ މައުލޫމާތުތަކަކީ ސިއްރެއް ކަމަށާއި އޭގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުން ވެސް ހިމެނޭނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، މިފަދަ މައްސަލައެއް އެ އިދާރާއާ ހަމައަށް އަދި ލިބިފައި ނެތް ކަމަށެވެ.