ads
ލިމިޓެޑް ސްލޮޓާ އެކު އުރީދޫ ފަން ރަންގެ ރަޖިސްޓްރޭޝަނަށް ހުޅުވާލުން - ފޮޓޯ: އުރީދޫ
އައްޑޫގައި އޮންނަ އުރީދޫ "ފަން ރަން"ގައި ބައިވެރިވާން ހުޅުވާލައިފި
ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫވެރިފައިވާ، އުރީދޫ ފަންރަންގެ އައްޑޫ ސިޓީގައި ބާއްވާ ދުވުމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލަައިފި އެވެ.
Advertisement

މި މަހުގެ 27 ވަނަ ދުވަހު އައްޑޫ މަރަދޫގައި ބޭއްވުމަށް ހަމެޖެހިފައިވާ ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕުލެޓްފޯމް މެދުވެރިކޮށެވެ. ދުވުމުގައި ބައިވެެރިވުމަށް ރެޖިސްޓާކުރުމުގެ ފަހު ތާރީހަކީ މި މަހުގެ 15 އެވެ. 

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މަޖާ މި ހަރަކާތްތަކުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

އުރީދޫ ފަން ރަން – އައްޑޫ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100ރ. 210ރ. އަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނޭ" އުރީދޫން ބުންޏެވެ.

އައްޑޫގައި ބާއްވާ ފޯރިގަދަ ދުވުމުގައި އުމުރުން ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ އެވެ. އެއީ މަޖާ، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމޭއިރު ހުންނަ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް