ކަރަންޓުގެ އަގު ހެޔޮކުރަން ނިންމިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދަޔަ ހުކުރު ދުވަހުއެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސްޓެލްކޯއިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށްކަމަށެވެ. މި ބަދަލާއެކު ކަރަންޓުބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ކަރަންޓްގެ އަގަށް ގެންނަން ނިންމި ބަދަލުގައިވާ ގޮތުން 0 އިން ފެށިގެން 100 ބޭންޑަށް ނެގުމަށް ނިންމާފައިވަނީ ޔުނިޓަކަށް 1.25 ލާރިއެވެ. މިހާރު މި ބޭންޑަށް ނަގަމުން އަންނަނީ 1.50 ލާރިއެވެ.
ކަރަންޓް އަގަށް ގެންނަ ބަދަލުތައް
ފެނަކައިންވެސް ބުނީ އެ ކުންފުނިން ކަރަންޓްގެ ހިދުމަތް ދޭ ރަށްތަކުންވެސް މިދިޔަ މަހަށް ބިލް ކުރާނީ ކުޑަކުރި އަގުންކަމަށެވެ.