ސަރުކާރުން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަށި މިޔަރަުގެ މަސްވެރިކަމަށް ހުއްދަދީ އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މިކަމާއި ގުޅިގެން ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ރައްޔިތުން މަޖލިހަށް ހުށައެޅުއްވި ގަރާރުގައި ވިދާޅުވީ މިޔަރުގެ މަސްވެރިކަމަށް ހުއްދަދިނުމަކީ އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމަކަށްވާތީ އާ އެކަމާއި ގުޅުން ހުރި އެތައް ކަންބޮޑުވުންތަކެއް ހުރުމުން އެއްވެސް ބާވަތެއްގެ މިޔަރު މަސްވެރިކަމަށް ރާއްޖޭގައި ފުރުސަތު ނުދިނުމަށް ގޮވާލާކަމަށެވެ.
މިޔަރުގެ އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ ލަހުން ދަރިމައިވާ އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ވާވަތަކަވުމުން މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެދުރު ސްޓޮކްގެ އުފެއްދުންތަރިކަން ދަށް އާބާތީތަކެއްކަމަށެވެ.
އޭގެއިތުރުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލައިލުން ކަމަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑުތަނުން މަދުވެ ފަތުރުވެރިކަމަށް ނުހަނު ބޮޑު ގެއްލުންވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އައްބާސް ހުށައެޅުއްވި ގަރާރުގައިވެއެވެ.
ކަށި މިޔަރުގެ މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދު ބުނާގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައެެވެ. މީގެިތުރުން ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށްކަމަށްވެސް މި ގަވައިދުގައިވެއެވެ.
ގަވައިދުގައި ވަނީ ކަށި މިޔަރުގެ މަސްވެރިކަމަުގައި އެހެން ބާވަތެއްގެ މިޔަރެއްގެ މަސްވެރިންކަން ކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެެވޭނެކަމަށް ކަނޑައަޅާފައެވެ. އަދި ގަވައިދާ ހިލާފުވާ ފަދަ ކަމެއް ކޮށްފިނަމަ، 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ވެސް ކުރެވޭނެ ގޮތް ވަނީ ހިމަނާފައެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދީފައި މިވަނީ އެކަން ހުއްދަ ނުކުރަން ގޮވާލާ 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުންގެ ސިޓީއެއް ރައީސް އަށް ފޮނުވާފައި ވަނިކޮށެވެ. ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ.