ads
ދަ ގާޑްންސް: ޖާހުގެ ދަ ގާޑްންސްގެ ނުނިމިހުރި މަސައްކަތް އާބަންކޯގެ ފަރާތުން ވަނީ ކުރަން ފަށާފައި - ފޮޓޯ:އާބަންކޯ
ޖާހުގެ ފްލެޓްތައް ނިންމަން އާރުސީސީއާ ހަވާލުކޮށްފި
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ހައުސިން ޕްރޮޖެކްޓް "ދަ ގާޑެންސް" ނުނިމި ދިގުލައިގެން ގޮސްފައިވާތީ ނުނިމި ހުރި މަސައްކަތްތައް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.
Advertisement

"ދަ ގާޑަންސް" ފްލެޓުތައް ނުނިމި ދިގުލައިގެން ގޮސް، މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދީ، އެންމެ ފަހުން އެ މަޝްރޫއު އެ ކުންފުނި އަތުން އަތުލަން ނިންމައި ތަން ހަވާލުކުރަން އެޗްޑީސީން ޖާހުއަށް އެންގީ މިދިޔަ 16 މާޗުގަ އެވެ. ގާޑަންސްގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ އެތަން ނިންމަން ޖާހުއަށް އެތައް ފުރުސަތެއް ދިން ނަމަވެސް މަސައްކަތް ނުހިނގާތީ އެވެ.

އެއްބަސްވުން ބާތިލުކުރުމުން ވެސް ޖާހުއިން ވަނީ ބިން ހަވާލުކުރަން ދެކޮޅު ހަދައި، ކޯޓަށް ގޮސްފަ އެވެ. ނަމަވެސް ކޯޓުން ވަނީ މި މައްސަލައިގައި ޖާހުއިން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެން ދެކޮޅު ހަދާފަ އެވެ.

މިއަދު އެޗްޑީސީން ބުނީ، އެ ޕްރޮޖެކްޓުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އާރުސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. ޕްރޮޖެކްޓުގެ ބާކީ މަސައްކަތް ނިންމަން އާރުސީސީއާ ހަވާލުކުރި ކަމަށް ބުންޏަސް އޭގެ އެއްވެސް ތަފުސީލެއް އެޗްޑީސީން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ. 

ޖާހު ކުންފުނިން ފްލެޓުތައް ނުނިންމައި ގިނަ ދުވަސްވެފައިވާ މައްސަލަ ބޮޑުވެފައިވާއިރު، ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވާ މައްސަލައިގައި ގެއްލުންވީ ރައްޔިތުންނަށް ބަދަލުދޭން އެދި ޖަނަވަރީ 19ގައި ރައީސް އޮފީހަށް އެ މީހުންގެ ފަރާތުން ސިޓީއެއް ވެސް ލައިފައިވެ އެވެ.

ޖާހުގެ "ދަ ގާޑަން" ގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނާނެ އެވެ. އެ ހުރިހާ ތަނެއް ވިއްކާފައިވާ އިރު ހުރިއިރު، އެޕާޓްމަންޓްޓްތައް ވިއްކާފައި ވަނީ 2-13 މިލިއަން ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް