ads
ޖަޕާން ސަރުކާރުން "ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް) ޕްރޮގްރާމަށް 194 މިލިއަން ޖަޕަނީސް ޔެން (21 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި މިއަދު ދިނުން
ސްކޮލަޝިޕް ޕްރޮގްރާމަށް ޖަޕާނުން 21 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި
ޖަޕާން ސަރުކާރުން "ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް) ޕްރޮގްރާމަށް 194 މިލިއަން ޖަޕަނީސް ޔެން (21 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި މިއަދު ދީފިއެވެ.
Advertisement

މި އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އިޝިގާމީ ރުމީކޯއެވެ.

ޖޭޑީއެސް ޕްރޮގްރާމުގެ ދަށުން މިއަހަރު ހަ ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ސްކޮލަޝިޕް މެދުވެރިކޮށް ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓަސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބޭނެއެވެ. ޖަޕާން ސަރުކާރުން މި ޕްރޮގްރާމް 2020 އިން ފެށިގެން ދެމުން ގެންދެއެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ މުސްތަގުބަލުގައި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ބައިވެރިވާނެ ގާބިލު ޒުވާނުން ބިނާކުރުމެވެ. އަދި ގައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ދިވެހި ދަރިވަރުން ތަމްރީނުކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް