މި އިންޒާރާ ގުޅިގެން މަހުފޫޒް ވަނީ އެކްސް އެކައުންޓުން ރައްދެއް ދީފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން ފައްޔާޒް ވިދާޅުވެފައިވަނީ މިފަދަ އިންޒާރުތަކަކީ ލުއިކޮށް ދޫކޮށްލާންވާނެ ކަމެއް ނޫން ކަމަށާއި، ފުލުހުން މުޒާހަރާ ކުރާ މީހުންގެ މައްސަލަ ބަލާ ވަރަށްވުރެ މުހިންމު ކަމެއް ދީގެން މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ދެކޭ ކަމަށެވެ.
މި އިންޒާރު އައިސްފައިވާއިރު، މަހުފޫޒްގެ ބޮލަށް ވަޅި ޖެހި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ތިން މީހުން ކްރިމިނަލް ކޯޓުން ވަނީ 2017 ވަނަ އަހަރު ދޫކޮށްލާފައެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ހަވީރު މާވެޔޮމަގު، ވާދީ ފްރެޝް ފިހާރަ ކައިރިން މަހުފޫޒްގެ ބޮލަށް ވަޅި ޖަހާފައިވެއެވެ.