އުރީދޫން މިއަދު ބުނީ ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް މި އީދުގައި އޮފާތައް ފަރުމާކޮށްފައިވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށެވެ.
އީދު އޮފާތައް:
އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި އީދުގައި އުފަލާއި މަޖާ ޓިކްޓޮކް ހިއްސާކުރާށެވެ.
ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ ސްޕީޑް ބޫސްޓާއެއް. 100 އެމްބީޕީއެސް ސްޕީޑް، ތިން ގަޑިއިރަށް އެންމެ 50 ރުފިޔާއަށް.
މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާނެ އެވެ. އެއް ދުވަހަށް 125 ޖީބީ ލިބޭ މި ޕެކްގެ އަގަކީ 75 ރުފިޔާ އެވެ.
މި އީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކަކީ ޖުމުލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެކެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީ
މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.
ބޯނަސް ޑޭޓާ ލިބޭ ޕްލޭންތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750
އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެ އެވެ.
އުރީދޫ އިން ބުނީ އީދަށް ހާއްސަކޮށް އެ ކުންފުނިން ތައާރަފްކުރި އޮފާތައް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ.
ބޮޑު އީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި ކަސްޓަމަރުން ޝައުގުވެރިވާފަދަ ހާއްސަ އޮފާތައް އުރީދޫއިން އަބަދުވެސް ތައާރަފްކުރެ އެވެ.
ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އެހެން ކަމުން ބޮޑު އީދު އުފާ ފެށޭނީ ހުކުރު ދުވަހު އެވެ.