
މިއަހަރުވެސް ރާއްޖެއިިން ހައްޖަށް ގޮސްފައިވަނީ ރަސްމީ ކޯޓާގެ ގޮތުގައި ލިބޭ 1000 މީހުންނެވެ.
ދިވެހި ހުރިހާ މިނާއަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. ދިވެހި ހައްޖުވެރިން މިނާއަށް އުފުލާފައިވަނީ ޖުމްލަ 21 ބަހުގައެވެ. ހުރިހާ ހައްޖުވެރިން މި ވަގުތު ތިބީ މިނާ ފޭލިގެތަކުގައިކަމަށް ދިވެހި ހައްޖު މިޝަން އިން ބުނެއެވެ. އަދި މިރޭގެ ވަގުތެއްގައި ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތަށް ވަންނާނެކަމަށްވެސް ހައްޖު މިޝަނުން ބުނެއެވެ.
މިނާގައި ދިވެހި ތިބޭ ފޭލިގެތައް
ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން ހައްޖާޖީން އަރާފާތަށް ވަންނަން ފާށަނީ މިރެއެވެ. އަދި ބުރާސްފަތި ދުވަސް އެއްކޮށް އަރަފާތު ޓެންޓްތަކުގައި ތިބުމަށްފަހު އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރުމަށްފަހު މިނާގެ ފޭލިގެތަކަށް ވަންނާނީ އީދު ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހުއެވެ.
މިއަހަރުގެ އަރަފާތު ދުވަހު އާދަޔާ ހިލާފަށް ހޫނު ވާނެތީ ހައްޖުވެރިން އަރަފާތުގައި ހުންނަ ޓެންޓްތުތަކުން ނުނިކުތުމަށް ސައުދީ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
މިނާގައި ދިވެހި ތިބޭ ފޭލިގެތައް
މިދިޔަ ދެތިން ދުވަހު ހޫނު ގަދަވަގެން 46 މީހަކަށް ހީޓް ސްޓްރޯކް ޖެހިފައިވާކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ