ads
ހޫނު ގަދަވުމުގެ ސަބަބުން ހައްޖުވެރިއެއްގެ ބޮލަށް ސައުދީ ސިފައިންގެ މީހަކު ފެންޖަހާދެނީ
އަރަފާތު ދުވަސް ވަރަށް ހޫނުގަދަ، 4 ޖަހަންދެން ޓެންޓުން ނުނިކުންނަން އެދިއްޖެ
މިއަހަރުގެ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހު އާދަޔާ ހިލާފަށް ހޫނު ގަދަވާނެތީ އެދުވަހު ހަވީރު ވަންދެން ހައްޖުވެރިން ޓެންޓްތަކުން ނުނިކުންނަށް ސައުދީ ހައްޖު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
Advertisement

މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ. މިވަގުތު މިއަހަރުގެ ހައްޖަށް ސައުދީއަށް 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަދެފައިވާކަމަށް ސައުދީ ރަސްމީ އިދާރާތަކުން ބުނެއެވެ. 

މިއަހަރުގެ އަރަފާތު ދުވަހު ހޫނު މިން ހުންނާނީ 50 ޑިގްރީ ސެލްސިއަސްއާއި ކައިރި ކުރާ މިންވަރެއްގައިކަމަށް ސައުދީ ރަސްމީ އިދާރާތާކުން ބުނެއެވެ. އެހެންކަމުން އެދުވަހު ހެނދުނު 10:00 އިން ހަވީރު 16:00ގެ ނިޔަލަށް ހައްޖުވެރިން ޓެންޓްތަކުން ނުނިކުތުމަށް ސައުދީ ހައްޖު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށްެ މެންދުރަށް ނަމީރާ މިސްކިތާ ޖަބަލު ރަހުމަ ( އަރަފާރަަ ފަރުބަދަ ) އަށް ނުނިކުންނަށްވެސް ސައުދީ ހައްޖު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަައެވެ. 

your imageމޫސުމްގެ ކަންކަން ބެލުމުގައި ސައުދީގެ ޓީމުތައް ހަރަކާތްތެރިވަނީ 

މި އަހަރުގެ ހައްޖު ދުވަސް ވެގެންދާނީ ފަހުގެ ތާރީހެއްގައި އަންނަ އެންމެ ހޫނު ގަދަ ދުވަހަށެވެ. އަދި މި އަހަރުގެ ހައްޖަށް ފަހު މިހާ ހޫނު ގަދަ ހައްޖެއް ދެން އަންނާނީ މީގެ 30 އަހަރު ފަހުންކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް