މި މައްސަލަ ފެންމަތިވެގެން ދިޔައީ އިއްޔެ މަހުފޫޒުގެ އެކްސް އެކައުންޓް ޓެގްކޮށް، "ވަޅިއެއް ޖަހަންވީތޯ" ސުވާލުކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ. ނަމަވެސް އިންޒާރު ދިން މީހާގެ އެކައުންޓު ވަނީ އޭގެ ފަހުން ޑިލީޓް ކޮށްލާފައެވެ.
މަހުފޫޒު ވަނީ އެ އިންޒާރު ފެނި އެ ޕޯސްޓު އޭނާގެ އެކްސް އެކައުންޓުގައި ހިއްސާ ކޮށްފައެވެ. އެ ޕޯސްޓުގައި މަހުފޫޒު ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ ކުރިން އެހުމުން އުފާވާ ކަމަށާއި، ނަމަވެސް އެ ބާވަތުގެ ކަމެއް ކުރަންޖެހޭ ޖާއިޒު އެއްވެސް ސަބަބެއް ނެތުމުން އެކަން ނުކުރަން އެދޭ ކަމަށެވެ. މިއީ މަހުފޫޒަށް ދިމާވި ފުރަތަމަ މިފަދަ ހާދިސާއެއް ނޫނެވެ. މީގެ ނުވަ ވަރަކަށް އަހަރު ކުރިން ވެސް މަހުފޫޒުގެ ބޮލަށް ވަޅިން ހަމަލާއެއް ދީފައިވެއެވެ.
އޭރު ހިނގި އެ ހާދިސާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ.