
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންތިހާބީ ރައީސްއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ ގައުމުގެ ހަމަޖެހުން ކަށަވަރުކޮށް، ކުރިއެރުން ދެމެހެއްޓުމަށް އިންތިހާބީ ރައީސް ލީގެ ތަސައްވުރަށް، ދެކުނު ކޮރެޔާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިންތިހާބީ ރައީސްއަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަމަސަލަސްކަމަށްވެސް އެދިވަޑައިގެންފައިވެއެވެ. ދެކުނު ކޮރެޔާގެ ރިޔާސީ އިންތިހާބު އޮތީ މިދިޔަ ދުވަސްތަކުގެ ތެރޭގައެވެ. މި އިންތިހާބުގައި ލީ ޗޭއި-މައިޔޮންގް ވަނީ ކާމިޔާބު ހޯއްދަވާފައެވެ.