ads
މާލެ ސިޓީ
މާލޭގެ 35 ސަރަހައްދެއްގެ މަގު މަރާމާތުކޮށް، 33 މަގުބައްތި ޖަހައިފި
މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ 35 ސަރަހައްދެއްގެ މަގު މަރާމާތުކުރުމުގެ މަސައްކަތް ނިންމައި، 21 މަގެއްގައި 33 މަގުބައްތި ޖަހައިފައިވާ ކަމަށެވެ.
Advertisement

މި މަސައްކަތްތައް ކޮށްފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ނެރުނު ރިޕޯޓުގައި ބުންޏެވެ.

ކައުންސިލުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަގު މަރާމާތުކުރުމުގެ އިތުރުން 3998 އަށް ވުރެ ގިނަ ކާނު ސާފުކޮށްފައިވެއެވެ. އެ ކާނުތައް ސާފުކޮށްފައިވަނީ މާލޭގެ 29 މަގަކުން ކަމަށް ވެސް ރިޕޯޓުގައި ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން، 23 މަގެއްގައި ސްޕީޑް ބެރޭކަރ ނިޝާން ކުރަހައި، 23 މަގެއްގައި ބަސް ސްޓޮޕް ޒޯންތައް ކުރަހައި، 16 މަގެއްގައި ޒިބްރާ ކްރޮސް ކުރަހައި، 18 މަގެއްގައި ރޭމްޕުގައި ދަވާދު ލައިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި، ހިތްހަމަޖެހޭ މާހައުލެއް ގާއިމްކޮށްދިނުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ، މި ފަދަ ތުރާތަކުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްކޮށް، ހިތް ފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުން ކަމަށާއި، މި ކަންކަން ހާސިލް ކުރުމަށް، ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، މުރާލިކަމާއެކު މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް