ads
ކަރަންޓު އިގްތިސާދުކުރާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ގުރައިދޫގައި ބޭއްވި ސެޝަންގެ ތެރެއިން
ކަރަންޓު ބިލު ބޮޑުވި ޝަކުވާ ހުށަހަޅަން ނަންބަރެއް
ކަރަންޓު ބިލު ބޮޑުވި ސަބަބު ހާމަކޮށް، އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ސްޓެލްކޯއިން ވަނީ ކޯލް ސެންޓަރު ނަންބަރު 1545 ހާއްސަކޮށްފިއެވެ.
Advertisement

ސްޓެލްކޯއިން މިކަން އެންގީ ކަރަންޓުގެ އާ ޓެރިފްގެ ދަށުން މިދިޔަ މަހުގެ ބިލުތައް ފޮނުވުމާއެކު، ބިލުތައް ބޮޑުވެފައިވާކަމަށް ބުނެ އާންމުންގެ ފަރާތުން ޝަކުވާ އިތުރުވެފައިވާތީއެވެ.

މެއި މަހުގެ ބިލު އޭޕްރީލް މަހަށްވުރެ ބޮޑުވެފައިވާކަމަށް ދެކޭ ސަބަބު ހާމަކުރަމުން ސްޓެލްކޯއިން ބުންޏެވެ. މިގޮތުން އެކުންފުނިން ބުނީ އޭޕްރީލް މަހުގެ ކަރަންޓު ބިލުތަކަށް ޑިސްކައުންޓް ލިބިފައިވާތީ، މެއި މަހުގެ ބިލުތައް ބޮޑެތިކަމަށް ފެންނަކަމަށެވެ. ޝަކުވާއެއް އޮތްނަމަ 1545 އަށް ގުޅުމުގެ އިތުރަށް ސްޓެލްކޯ ކެއާގެ ހިދުމަތް އޮންލައިންކޮށްވެސް ލިބޭނެކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

ކަރަންޓު އިގްތިސާދުކުރުމަށް ސްޓެލްކޯއިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ކަރަންޓު މީޓަރުގެ މައްސަލައެއް އުޅޭތޯ ޔަގީންކުރުމަށް، ހުރިހާ ކަރަންޓު ސާމާނެއް ނިއްވާލައި، އެގޮތަށް ހުންނައިރުވެސް ކަރަންޓު މީޓަރު ހިނގާތޯ ބެލުން ހިމެނެއެވެ. 

މީގެއިތުރުން މިމަހުގެ 1 އިން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރާނެ އުސޫލެއް ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލުކުރަން ރައީސް މުއިއްޒު ނިންމަވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް