ads
ކުޅުދުއްފުށީ މޭޔަރު، އެ ރަށު ފެނަކައިގެ އިސްވެރިންނާއެކު
ފެނަކަ ގޮވައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޯޓަށް
ކުޅުދުއްފުށީ ސިޓީގައި ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލަ ޝަރީއަތަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމައިފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީގައި ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލައިގައި، ފެނަކައާ ދެކޮޅަށް ދަޢުވާކުރުމަށް ނިންމީ، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގައެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 69-1 ވަނަ މާއްދާގައި، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ކައުންސިލުން ފޯރުކޮށްްދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފަދައިން އެސިޓީއެއްގައި އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާ ހާލަތުގައި، އެ ތިންވަނަ ފަރާތާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް އެ ޤާނޫނުގެ 69-2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. 

އެހެންނަމަވެސް، ކުޅުދުއްފުށި ސިޓީގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާއެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން ދެންނެވުމުން ވެސް ފެނަކައިގެ ފަރާތުން އެ ކަމަށް އެއްބާރުލުން ލިބިފައެއް ނުވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރުކޮށްފައިވާ ކަމަށްވެސް އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް