ads
ބަޔަކު އެއާޕޯޓެއްގައި
ޗިކުންގުންޔާ ފެތުރޭތީ ރާއްޖެއިން ބޭރަށް ދާއިރު ސަމާލުވާން އެދިއްޖެ
އަވައްޓެރި ބައެއް ގައުމުތަކުގައި މި ދުވަސްވަރު ޗިކަންގުންޔާ ފެތުރޭތީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
Advertisement

އެޗްޕީއޭ އިން ބުނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށާއި މި ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާއްމުކޮށް މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގަ އެވެ. އެކަމަކު، ހުރިހާ ގަޑިއެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވާން ވަނީ އެދިފަ އެވެ.

އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.

އެޗްޕީއޭ އިން މިފަދަ އިލްތިމާސްއެއް ކުރިއިރު އަވައްޓެރި ސްރީލަންކާ އަދި އިންޑިއާގައި އަންނަނީ ވަރަށް ބާރަށް ޗިކުންގުންޔާ އަދި ރަފުސްރޯގާ ފެތުރެމުން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް