މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ އެ ކޮމިޝަނުން ހުސްވެފައިވާ ތިން މަގާމަށް މެމްބަރުން އައްޔަންކުރުމަށެވެ.
މީޑިއާ ކައުންސިލުގެ ބައި އިލެކްޝަން ކުރިން ބާއްވަން ނިންމީ މިދިޔަ މަހުގެ 30 ގައެވެ. އެހެންނަމަވެސް އޭގެ 10 ދުވަސް ކުރިން މިނިސްޓްރީން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލިއެވެ.
އެމްއެމްސީގެ ބައި އިލެކްޝަންގެ ވޯޓުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ ހެދުނު 10:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގެ ޖިމްނޭޒިއަމް ރޫމްގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ބައި އިލެކްޝަންގައި ހޮވާނީ މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރަކާއި އާންމުން ތަމްސީލުކުރާ މެމްބަރަކެވެ.
މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުންގެ މަގާމަށް ތިން މީހަކު ވާދަކުރާއިރު، އާންމުން ތަމްސީލުކުރާ މެންބަރުކަމަށް ހަ މީހަކު މި ބައި އިލެކްޝަންގައި ވާދަކުރެ އެވެ.