ads
ބިޒްވީކް 2025ގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެއްސުން - ފޮޓޯ: ބީއެމްއެލް
ބިޒްވީކްގެ އެކްސްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކުގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
Advertisement

މި މަހުގެ 18 އަދި 19ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ނެޓްވޯކިން އިވެންޓެކެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދޭ މަންސައެކެވެ.

މި އިވެންޓުގައި "ސީއީއޯ ސަމިޓް"ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މުޖުތަމައު ބާރުވެރިކުރުވައި، އިގްތިސާދީ ތަރައްގީ ގެނައުމަށް ބެންކް އޮފް މޯލްޑިވްސްއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އަދި ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، އާ ގޮތްތައް ހޯދާ، ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު ޕްލެޓްފޯމެއްކަމަށް ވިދާޅުވި އެވެ.

"މިއީ ވިޔަފާރިވެރިންނާއި ޕްރޮފެޝަނަލުންނަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީ، ހިޔާލު ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ މަންސަ އެއްވެސް މެ. މި އިވެންޓަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރާނެ އަދި ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ އިވެންޓަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

 ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އެ ބޭންކުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ. ލޯނުތަކާއި ފައިނޭންސިންގެ އިތުރުން، ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުއާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރު ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. 

މީގެ އިތުރުން ބީއެމްއެލްއިން ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ކޮންމެ ތަނަކުން ވެސް އެކައުންޓް ހުޅުވައި ހިދުމަތްތައް ލިބޭނެ ފުރިހަމަ ޑިޖިޓަލް އޮންބޯޑިން ޕްރޮސެސްއެއް ތައާރަފުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް