ހަބަރު /

ދާރުލް އާސާރު ކައިރީ ފަޔާ ޓީމު ހަރަކާތްތެރިވަނީ . ފޮޓޯ: ދައުރު
މިނިސްޓަރަށް ދުން ވަސް ދުވުމުން ސިފައިން ދާރުލްއާސާރަށް ވަދެ ބަލަނީ
މުހައްމަދު އާދަމް އަހްމަދު
04 ޖޫން 2025 - 23:35:08
މިނިސްޓަރު އާދަމް ނަސީރަށް ދުން ވަސް ދުވައިގެން ރިޕޯޓް ކުރުމުން ދާރުލްއާސާރަށް ސިފައިންނަށް ވަދެ އެތަން ބަލަން ފަށައިފިއެވެ.
ދާރުލްއާސާރުގައި ސިފައިންގެ ފަޔާ ރެސްކިއުއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެތަނުގެ އެތެރޭގައި ފަޔާ ޓީމު އުޅޭއިރު ބޭރުގައި އަލިފާން ނިއްވަން ބޭނުންކުރާ ސިފައިންގެ ބޮޑު ވެހިކަލް އާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހައްދުގައި ހުންންވަަ ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އޮފީހުގައި އިންނަވަނިކޮށް ދުންވަހެއް ދުވުމުން ސިފައިންނަށް އެކަން ރިޕޯޓް ކުރެއްވީކަމަށެވެ.
ދާރުލް އާސާރު ކައިރީ ފަޔާ ޓީމު ހަރަކާތްތެރިވަނީ . ފޮޓޯ: ދައުރު
އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތަކެއްޗަށް ގެއްލުންވެފައެއް ނުވާކަމަށާއި ދުން ވަސް ދުވާ ސަބަބު ފަޔާ ޓީމުން ބަލަމުން އަންނަކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.
71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް