މި ހަރަކާތް ވަނީ މާލެއާއި ހުޅުމާލޭގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.އެ ގޮތުން، ދިރާގުން ބުނީ، ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާ އެކު ކަމަށެވެ.
އަދި، މާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލްގެ އެހީއާ އެކެވެ.
މި ހަރަކާތުގެ އިތުރުން ވެސް ދިރާގުން ވަނީ އެކިއެކި ރަށްރަށުގެ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިރާގުން އަންނަނީ ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;