ads
މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވުނު ކާޖަލް ސިންގް
އަހަރު ދެބައިނުވަނީސް އެއް މިލިއަން ޓޫރިސްޓުން
އަހަރު ދެބައިނުވަނީސް، އެއް މިލިއަން ވަނަ ޓޫރިސްޓް ރާއްޖެ އަތުވެއްޖެއެވެ.
Advertisement

ރާއްޖޭގެ މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވުނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ. މިއީ އޭނާ ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރެވެ. އޭނާ ރާއްޖެއައީ އިންޑިގޯއިންނެވެ. އޭނާ ޗުއްޓީ ހޭދަކުރާނީ ފިރިމީހާއާ އެކު ބަނޑޮހުގައެވެ.

މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި އެއް މިލިއަން ޓޫރިސްޓުން ހަމަވީއިރު، މިދިޔަ އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވީ ޖޫން 27 ގަ އެވެ. އެހެންވެ، މި އަހަރު އެ އަދަދު މި ހަމަވީ، އޭގެ ދެ ހަފްތާ ކުރިންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މިލިއަން އެހާ އަވަހަށް ހަމަވި ފުރަތަމަ ފަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރަށް ވުރެ 8 ޕަސެންޓުގެ އިތުރުވުމެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.1 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް