
ފުލުހުން ބުނީ ރޭ ހިިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންކަމަށެވެ.
ރޭގެ ހަތެއް ޖަހާކަން ހާއިރު ހިނގި އެކްސިޑެޓުގައި އެ ސައިކަލްގައި ތިބި ދެ ފިރިހެނުންގެވެސް ބޯފަޅައިގެން ގޮސް ފައި ބިނދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ ދެ ދިވެހިންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭގެތެރޭގައި ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައި ދެ ތަނަކުން ބިނދި ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތައް ވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ސައިކަލުގެ ފަހަތުގައި އިން 44 އަހަރުގެ ފިރިހެން މީހާގެ ވެސް ކަނާތު ފައި ދެ ތަނަކުން ބިނދި އޭނާގެ ވެސް ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިިންނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް މި އެކްސިޑެންޓްގައި އެއްވެސް އަނިޔާއެއްވެފައި ނުވާކަމަށް ފުލުހުން ބުނެެއެވެ.
ލ ލިންކު ރޯޑްގައި އެކްސިޑެންޓުވި ކާރު
މި އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.