ads
ސީޕީ މަގާމަށް ކުރިމަތިލީ ބޭފުޅުން. ފަރުހާދު (ކ)، ނަވީން،ޝަމީމް(ވ)
ފަރުހާދާއި ޝަމީމް ފެއިލް، ސީޕީ ކަމަށް ބޯޑުން ރުހުން ދިނީ ނަވީނަށް
ޕޮލިސް ކޮމިޝަނަރު (ސީޕީ) ގެ މަގާމަށް ކުރިމަތިލި ތިން ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ޕޮލިސް ބޯޑުން ރުހުން ދިނީ މިހާރުގެ އެކްޓިން ކޮމިޝަނަރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނަށްކަން އެނގިއްޖެއެވެ.
Advertisement

ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެކްޓިން ކޮމިޝަނަރުގެ މަގާމުުގައި ހުންނެވި އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމްއެވެ. 

މި ފަރާތްތަކުގެ އިންޓަވިއު ނިމި ލިބުނު މާކްސްތައް މިދިޔަ ހަފްތާގައި މިނިސްޓްރީއަށް ފޮނުވާފައިވާކަން ވަނީ އެނގިފައެވެ. އަދި އީދު ބަންދަށްފަހު އެކަމުގައި ގޮތެއް ނިންމާނެކަންވެސް ވަނީ އެނގިފައެވެ.

މި ތިން ބޭފުޅުންގެ ތެރެއިން އިންޓަވިއު އިން ފަރުހާދާއި ޝަމީމް ވަނީ ފެއިލް ވެފައެވެ. އަދި  ސީޕީގެ މަގާމަށް އައްޔަން ކުރަން ޕޮލިސް ބޯޑުން ފާސްކުރީ ނަވީންކަން ވަނީ އެނގިފައެވެ. 

ފުލުހުންގެ ތެރެއިން ސީޕީގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރުންގެ މަތީގެ މަގާމުތަކުގެ އޮފިސަރުންނެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި އަދި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް