ads
އިސްލާމިކް މިނިސްތަރު ޝަހީމް
ވަކިވެގެން އެދިޔައީ ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތް ދެއްވާ އަހެއް: ޝަހީމް
ޝެއިހް ފަރީދަކީ ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތް ދެއްވަާ ގާތް އަހެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވުމުން އެކަމުގެ ހިތާމާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް މިއަދު އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްެއެވެ. 

ފަރީދު އަވަހާރަވުމުގެ ހިތާމާގައި މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަވަހާރަވި ހަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެެކުގައިކަމަށެވެ. އަދި ވަކިވެގެން އެދިޔައީ ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތް ދެއްވާ ގާތް އަހެއްކަމަށެވެ. އަދި ޝައިހު ފަރީދު ވަކިވެގެން ދިޔުމަކީ އިސްލާމީ ހިދުމަތަށް ލިބުނު ދެރައެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. 

" ޝައިޚު ވަކިވެދިއުމަކީ އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ދެރައެއް. ޝައިހު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޒެއް. ހިދުމަތްތެރި ޝަހްސިއްޔަތެއް. ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންފައިވާ ބޭފުޅެއް." މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

މެލޭޝިއާ އެއާޕޯޓަށް ފެއިބިތަނާ ޝެއިހް ފަރީދު ވެއްޓުމުން ސީޕީއާރު ދިން ކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް ޝައިހް ފަރީދު އަވަހާރަވީ އޭގެ ކުޑަވަގުތުކޮޅެއްކަން އެނގިފައެވެ. 

ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން، އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް