ads
ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ އަރަބިޔާއިން ނިންމައިފި
ކުށްވެރިންނަށް އަދަބު ދިނުމުގެ ގޮތުން ހައްދު ޖެހުން ހުއްޓާލުމަށް ސައުދީ އަރަބިއްޔާއިން ނިންމާފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އިންސާނީ ހައްގުތަކުގެ ނަމުގައި ހަރަކާތްތެރިވާ ހުޅަނގުގެ ޖަމިއްޔާތަކުގެ ފާޑުކިޔުންތައް ސައޫދީ އަށް އަމާޒުވުމާއި ގުޅިގެން، ކުށްވެރިންނަށް އަދަބު ދިނުމުގެ ގޮތުން އިސްލާމީ ޝަރީއަތުގައިވާ ހައްދު ޖެހުން ހުއްޓާލާ އަދި ހައްދު ޖަހަންޖެހޭ ހާލަތެއްގައި އެ އަދަބަކާއި އެކަށީގެންވާ ގޮތަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާ ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ސައޫދީ ސުޕްރީމް ކޯޓުން އެކުލަވާފައިވާ ޖުޑިޝަލް ޑޮކިއުމެންޓްއެއް ފެނި އެއަށް ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ މި ޑޮކިއުމަންޓަަކީ ސައޫދީ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ޝަރުއީ ނިންމުމެއް ކަމަށާއި އޭގައި އެކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިންސާނީ ހައްގުތަކަށް ވިސްނައި، ސައުދީ ރަސްގެފާން ސަލްމާންއާއި އޭނާގެ ދަރިފުޅު، ޕްރިންސް މުހައްމަދު ބިން ސަލްމާން އެއްބަސްވެ ނިންމާފައިވާ ނިންމުމެއް ކަމަށްވެސް މި ޑޮކިއުމަންޓްގައި ވާކަމަށް ރޮއިޓާސްއިން ވަނީ ބުނެފަ އެވެ.

ސައޫދީއަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުމުގެ އަދަބު ހުއްޓާނުލައި ކުރިޔަށް ގެންދަމުންދާ އިސްލާމީ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މީގެ އިތުރުން، ހައްދު ޖެހުން ހުއްޓާލިކަމަށް ސަައުދީއިން ރަސްމީކޮށް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް