
ކުރިން ޑެޕިއުޓީ ކޮމިޝަނަރު ކަމުގައި ހުންނެވި އިސްމާއިލް ނަވީން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރީ މިއަދުއެވެ.
އެ މަގާމަށް އައްޔަންކުރުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ މަސައްކަތް ކުރައްވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އުސޫލުތައް ނަގަހައްޓައި ނަޒާހާތްތެރިކަމާއެކު ފުލުހުންގެ ޒިންމާ އަދާކުރެއްވުމަށްކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އިސްމާއީލް ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޯޕަރޭޓް ސާވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލާ އޮފް ލޯ ހާސިލުކުރައްވާފައެވެ.