ކަސްޓަމްސްގެ އެންމެ އިސްވެރިޔާ، ދިޔާނާ މިހެން ވިދާޅުވީ ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތުމަށް ފަހު ސޯޝަލް މީޑިއާގައެވެ.
ދިޔާނާވަނީ ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމުގެ ކާމިޔާބު އޮޕަރޭޝަންގައި ހަރަކާތްތެރިވި އެންމެހާ ކަސްޓަމްސް އޮފިސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތެރޭގައިކަމަށެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ، މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.