ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 23 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނީ 582 މިލިއަން ރުފިޔާ އެވެ.
ދައުލަތަށް ޓެކްސްގެ ބޭރުން ވަންނަ އާމްދަނީގެ 27 ޕަސެންޓް ހިއްސާ ކުރަނީ ރިސޯޓު ކުއްޔެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، މިދިޔަ މާރިޗު މަހުގެ ތެރޭގަ އެވެ. އެގޮތުން އެ މަހު މީރާއަށް 440 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ.
* ޖަނަވަރީ : 90 މިލިޔަން ރުފިޔާ
* ފެބުރުއަރީ : 18.7 މިލިޔަން ރުފިޔާ
* މާރިޗު : 440 މިލިޔަން ރުފިޔާ
* އެޕްރީލް : 128 މިލިޔަން ރުފިޔާ
ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި - ފޮޓޯ/ އެމްއޭސީއެލް
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެެއިން އޮޕަރޭޝަނަށް ގެެނެސްފައިވާ ފެސިލިޓީގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އަހަރު ފެށުނުއިރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް ފެސިލިޓީތަކުގެ އަދަދު 67,470ގައި ހުރިއިރު، މި އަދަދު މިހާރު ވަނީ 67,302 އަށް އަރާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ދަށްވާން ފެށީ މިދިޔަ ފެބްރުއަރީ 28 އިން ފެށިގެންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އެ ސަރަހައްދުގެ ރޫޓުތަކުން ކަމަށްވާއިރު، އޭރުން ފެށިގެން ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަދުވަމުންނެވެ.
އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;