ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އާރުޑީސީ މުވައްޒަފުންތަކެއް މަސައްކަތުގައި
އާރްޑީސީގެ ކޮލިޓީ ޔަގީންކުރާނެ ޓީމެއް އުފައްދައި ނަޒާހާތްތެރިކަން ކަށަވަރުކުރަނީ
ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ކޮލިޓީ ޔަގީންކުރާނެ ހާއްސަ ޓީމެއް އުފައްދަންނިންމައިފިއެވެ.
Advertisement

މިކަން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހާމަކުރައްވަމުން ވިދާޅުވީ، މި ބަދަލުތަކުގެ ތެރޭގައި ޗެކް އެންޑް ބެލެންސް ނިޒާމެއް ގާއިމުކުރުމާއި، މަޝްރޫއުތަކުގެ އެކި މަރުހަލާތަކުގައި ޒިންމާވާނެ ފަރާތްތައް ކަނޑައެޅުން ހިމެނެއެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި ކޮންމެ މެޓީރިއަލްއެއް ގަތުމުގައި ޒިންމާވާނެ ތިން ނުވަތަ ހަތަރު ފަރާތެއް ކަނޑައަޅާފައިވާނެއެވެ. އަދި ކޮރަޕްޝަން ގިނައިން ފެށިގެން އަންނަ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"މިއާއެކު، ކުރީގެ ސަރުކާރުގައި އާރްޑީސީން ހިންގި މަޝްރޫއުތަކުގެ ކޮލިޓީއާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރާތީ، އައު އޮނިގަނޑުގެ ދަށުން މަސައްކަތްތަކުގެ ކޮލިޓީ ޔަގީންކުރާނެ ވަކި ޓީމެއް އެކުލަވާލާނެ،" ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.

މި ސަރުކާރުން އާރްޑީސީއާ ހަވާލުވިއިރު އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި 837 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އަދި 2022 އަދި 2023 ވަނަ އަހަރު ޖުމްލަ 161 މިލިއަން ރުފިޔާ ލިޔެކިޔުމެއް ނެތި އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ މައްސަލަވެސް ފެންމަތިވިއެވެ. ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމަށް ކުންފުނިން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް