ads
މީދޫ ކައުންސިލުން ފިޝަރީޒް މިނިސްޓްރީއަށް މަސްވެރިންގެ ކަންބޮޑުވްތައް ހިއްސާކުރަނީ
އައްޑޫ މަސްވެރިންގެ ކަންބޮޑުވުންތައް: ފިޝަރީޒް މިނިސްޓްރީން ހައްލު ހޯދައިދޭން އެއްބަސް
އައްޑޫ ސިޓީ މީދޫ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

މިކަން ހާމަވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެމްބަރު އާމިނަތު ސާލިހާ، ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ފިޝަރީޒް މިނިސްޓްރީގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި، އައްޑޫ މީދޫ ސަރަހައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލަ ހައްލުކޮށްދިނުމަށް ކައުންސިލް މެމްބަރު އެދުނެވެ. މީގެ އިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުންނާއި، އެ ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުއްތަލިބްގެ އިތުރުން އެ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ. ސްޓޭޓް މިނިސްޓަރު ވަނީ، އައްޑޫ މީދޫ ދާއިރާގެ ކައުންސިލް މެމްބަރު އެދިވަޑައިގެންނެވިގޮތަށް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް