ads
ޖޭއެސްސީގެ ޖަލްސާއެއްގެ ތެރެއިން
ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެމްބަރަކު ހޯދަނީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުން ބުނީ ޖޭއެސްސީގެ އާންމުންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. 

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ

  • ދިވެއްސަކަށްވުމާއި އެކު އުމުރުން 30 އަހަރުވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
  • ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްުޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން

ޖޭއެސްސީގައި އިންނަ އާއްމު މެމްބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީއެވެ.

ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް