
އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށެވެ.
އިނގިރޭސި ވިލާތުގެ ލަންޑަން ގެޓްވިކަށް ދާން ފުރި ވަގުތު ވެއްޓުނު މި ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިއްބެވެ.
ބޯޓުގައި ތިބި ފަސިންޖަރުންނާއި ކްރޫއިން ނިސްބަތްވާ ގައުމުތައް އެއަރ އިންޑިޔާއިން ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.
އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. އަދި ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ބޯޓު ވެއްޓެއް ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ވެއްޓުނު ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓަކީ 11 އަހަރުވެފައިވާ ބޯޓެކެވެ. އެ ބޯޓު ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓައިލީ ދުރު ދަތުރެއް ކުރުމަށް ކަމަށް ވާތީ އެއްކޮށް ފިއުލް ކޮށްގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.