އެޗްޑީސީން ކުއްޔަށް ދޫކުރުމަށް ނިންމީ، 755.95 އަކަފޫޓާއި 1،030 އަކަފޫޓާއި 652.51 އަކަފޫޓުގެ އިތުރުން 2،442.33 އަކަފޫޓުގެ ޔުނިޓުތަކެކެވެ.
މިތަންތަން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ 5 އަހަރު ދުވަހަށެވެ. އެޗްޑީސީން ވަނީ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެެވެ.
އެގޮތުން މި ޔުނިޓްތައް ކުއްޔަށް ނަގަން އެދޭ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 14:00ގެ ކުރިން ޕްރޮޕޯސަލް ހުށައަޅަން ޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ.
އެ ޔުނިޓުތަކުގައި ކުރުން މަނާވާނެ ކަންތައްތަކެއް އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ. އެއީ، ކާއެއްޗެހި ވިއްކުމަށާއި ޖިމެއް ނުވަތަ ވެލްނެސް ސެންޓަރެއް ގޮތުގައި ބޭނުންކުރުމާއި ކްލިނިކަކަށް ހެދުމެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ލިޔުންތައް އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ އެވެ.