ads
އިޒްރޭލުން އީރާނަށް ދިން ހަމަލާ ސައުދީ އަރަބިއްޔާއިން ކުށްވެރިކޮށްފި
އިޒްރޭލުން އީރާނަށް ދިން ހަމަލާ ސައުދީ އަރަބިއްޔާއިން ކުށްވެރިކޮށްފި
އީރާންގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ރޭ ދިނުމުން ސައުދީ އަރަބިއްޔާއިން އެކަން ކުށްވެރިކޮށްފި އެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ވަނީ ހަމަލާ އަމާޒުކޮށްފަ އެވެ. އަދި ފުރަތަމަ ދިން ހަމަލާތަކަށް ފަހު ދެ ވަނަ އަދި ތިން ވަނަ ފަހަރަށް ވެސް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓްތަކެއް ވެސް އާންމުވެފައިވެ އެވެ.

އަދި ހަމަލާތަކުގައި އީރާނު ސަރުކާރުގެ މުހިންމު އޮފިޝަލުންތަކެއް ވެސް ވަނީ އަވަހާރަކޮށްލައިފި އެވެ. އެގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް ހުސައިން ސަލާމީއާއި ނިއުކްލިޔާ ދެ ސައެންޓިސްޓަކު އަވަހާރަވެފައިވާކަން އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ އުދުވާނީ ހަމަލާތަކަކީ އީރާނުގެ އިސްތިގުލާލާއި ސަލާމަތަށް ބުރޫއަރާ އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު ހަމަލާތަކެއް ކަމެއް ކަމަށެވެ. 

އަދި އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ހަރުކަށި އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. 

މިއަދުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.

ވީޑިއޯ މެދުވެރިކޮށް ދިން އެ މެސެޖުގައި ނަތަންޔާހޫ ބުނީ އިރާނުގެ ފަރާތުން އިޒްރޭލަށް އޮތް ނުރައްކާ އެއްކޮށް ނައްތައިލެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ނަތަންޔާހޫ ވަނީ "ރައިސިން ލަޔަން"ގެ ނަމުގައި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް ބުނެފަ އެވެ. މީގެ އެތައް ހަމަލާތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އީރާނަށް ދޭނެކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދީފައިވެއެވެ.

އިސްރާއީލުގެ އުދުވާނަށް އީރާނުން އަދި ރައްދު ދީފައިނުވިނަމަވެސް އިސްރާއީލުވަނީ އީރާނުން ރައްދު ދޭނެކަމަށް ބަލައި އިސްރާއީލުގެ ވައިގެ ސަރަހައްދާއި އެއާޕޯޓްތައް އެއްކޮށް ބަންދު ކުރިކަން އިއުލާންކޮށްފަ އެވެ. އަދި އިސްރާއީލުގެ ގައުމީ އެއާލައިންސްގެ ފަސިންޖަރު މަތިންދާބޯޓުތައްވެސްވަނީ ގައުމުން ބޭރަށް ގެންދަން ފަށާފަ އެވެ.

އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް