ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވީ 2018 ވަނަ އަހަރު މޭއި މަހުގެ 22 ވަނަ ދުވަހުއެވެ.
ޝެއިހް އިމްރާްން އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ ބަޔަކު ޑރ. އަބްދުލް މަޖީދު ޝަހީދު ކޮށްލީކަމަށް ހީވެފައި އޮތް އޮތުން މިހާރު ޔަގީންވެއްޖެ ކަމަށެވެ.
ޑރ މަޖީދު އަވަހާރަވި ފަހުން 6 އަހަރު ވެގެން ދިޔައިރު މިފަދަ ތުހުމަތެއް މީގެ ކުރިން އެއްވެސް ފަރާތަކުން މި މަރާއި ގުޅިގެން ކޮށްފައި ނުވެއެވެ. އިމްރާންވެސް މި ތުހުމަތުތައް ކުރި ސަބަބެއް އަދި އެކަމުގެ ތަފްސީލެއްވެސް ހިއްސާކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމްވެސް ވަނީ ޝަހީދު ކޮށްލާފައެވެ.