
ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައިވަނީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.
މި އިނާމަކީ ރަމަޒާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި ކަސްޓަމަރުންގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހުން މާޗް 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލެއާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއްގައި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.
އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާއެއް ވަނީ ދީފަ އެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަ ތަކުގައި މި ޕްރޮމޯޝަންއާއި ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.