ads
ކޮންޓްރޯލާގެ މަގުން ކުއްލިއަކަށް ވަކިކުރި ޝައްމާން
ޝައްމާންގެ ވާނުވާ ބަންދު މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާނެގި ކަމަށް ބުނެ މަގާމުން ވަކިކޮށް ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
Advertisement

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާނެގި ކަމަށް ބުނެ މަގާމުން ވަކިކޮށް ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން އޮތީ ކުރިން ތާއީދުކޮށްފައެވެ.

މާރިޗު މަހުގެ 21 ވަނަދުވަހުގެރޭ ޝަމްއާން ވަހީދު ހައްޔަރުކޮށް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފައެވެ. ޝައްމާންގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ފެށިއިރު، އެ މައްސަލައިގެ ބެންޗުގައި ހިމެނެނީ މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓަށް އައްޔަން ކުރި އަބްދުﷲ ހަމީދު، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު އަދި އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތަކީ ޝަހީދުއެވެ.

ޝަމްއާން ވަހީދު އާއިމެދު ފުލުހުން އަމަލު ކުރަނީ، މީގެ ކުރިން އެއްވެސް މީހަކާއިމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް އޭނާގެ ފަރާތުން ހައިކޯޓު މަރުހަލާގައިވަނީ ބުނެފައެވެ.

ޝައްމާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ. އެހެންނަމަވެސް މި ވާހަކަތައް ފުލުހުންގެ ކަންކަން ބަލަހައްޓާ ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ދޮގުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް