ads
ވޭޕް ސްޓިކްތަކެއް
ވޭޕް ގެންގުޅެގެން ކުރި ޖޫރިމަނާ މިދިޔަމަހު 130،000 އަށް
މިދިޔަ މޭ މަހު ވޭޕާއި ގުޅޭ މައްސަލަތަކުގައި ކުރި ޖޫރިމަނާ 130،000 ރުފިޔާއަށް އަރާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 35 މީހަކު މިދިޔަ މަހު ޖޫރިމަނާކުރިކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވޭޕް ބޭނުންކޮށްގެން ޖޫރިމަނާކުރި 13 މީހަކާއި ވޭޕް ގެންގުޅެގެން ޖޫރިމަނާކުރި 20 މީހަކާއި ވޭޕާ ގުޅޭ އެހެނިހެން މައްސަލަތަކުގައި ޖޫރިމަނާކުރި 2 މީހުންކަމަށެވެ. 

ވޭޕްގެ މައްސަލަތަކުގައި ޖޫރިމަނާކުރި ގޮތް

  • ވޭޕް ބޭނުންކުރި  13 މީހުން 53،000 ރުފިޔާ
  • ވޭޕް ގެންގުޅުނު 20 މީހުން 67،000 ރުފިޔާ
  • ވޭޕާ ގުޅޭ އެހެނިހެން މައްސަލަތަކުގައި 2 މީހަކު 10،000 ރުފިޔާ 

މިދިޔަ އަހަރުގެ 15 ޑިސެމްބަރުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.  

ވޭޕްއާއި ސިނގިރޭޓް މަނާކުރުމުން އެތަކެތި ވަގަށް އެތެރެކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް