ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ފަނޑިޔާރަށް ހަމަލާދިން މީހާ ދޫކޮށްލައިފި
ފަނޑިޔާރަކާމެދު މާރާމާރީ ހިންގި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
Advertisement

މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ، އޭނާއަކީ މީގެ ކުރިން ވެސް އެ ފަނޑިޔާރާ މެދު މާރާމާރީ ހިންގާފައިވާ މީހެއް ކަމަށެވެ. މިފަހަރު ބަންދުކޮށްފައި މިވަނީ ދެވަނަ ފަހަރަށް އެ ފަނޑިޔާރާ މެދު މާރާމާރީ ހިންގައިގެންނެވެ.

އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ފުލުހުން ވަނީ ހުށަހަޅާފަ އެވެ. އަދި ފަނޑިޔާރުގެ ބަޔާނާއި ސީސީޓީވީ ފުޓޭޖްތައް ވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.

މި މީހާގެ ބަންދަށް ދެ ފަހަރެއްގެ މަތިން އިތުރު ކުރުމަށް ފަހު ކޯޓުން އޭނާ ދޫކޮށްލީ ޝަރުތު ކުރުމަށް ފަހުއެވެ.

ހަމަލާދިނީ ކޮން ފަނޑިޔާރަކަށްކަން އެނގިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް