
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ ސްޓްރެޓެޖިކް ޕްލޭން ރަސްމީކޮށް އިއްޔެ ލޯންޗްކުރުން
އެޗްޑީސީގެ އާ ސްޓްރެޓެޖިކް ޕްލޭން ލޯންޗްކޮށްފި
އަލީ މިދުހަތު
16 ޖޫން 2025 - 14:18:17
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ ސްޓްރެޓެޖިކް ޕްލޭން ރަސްމީކޮށް އިއްޔެ ލޯންޗްކޮށްފި އެވެ.
އެޗްޑީސީ އިން ބުނީ މި ޕްލޭނަކީ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ހިންގުމާއި، ރަނގަޅު ގަވާނަންސް އަދި ޒަމާނީ އުމްރާނީ ތަރައްގީ ގެނައުމަށް މަގުދައްކައިދޭނެ ޕްލޭނެއް ކަމަށެވެ.
މި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާފައި ވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކީގަ އެވެ. މި ޕްލޭންގެ ސަބަބުން އެޗްޑީސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ބޯހިޔާވަހިކަމުގެ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ ޕްލޭނާ ގުޅޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް